Thursday, October 13, 2011

މިޒަމާނުގައި އަހުލުއްސުންނަތުގެބައެއް މީހުންގެ ކިބައިން ޢިލްމުވެރިންނަށް ޢައިބުކިޔުމާއި ގުޅުން ކެޑުމުގެ ފިތުނަޔައާއި އެފިތުނައިން ސަލާމަތްވާނެ މަގު

މިފިތުނައިން ސަލާމަތްވާނެމަގު:


ފުރަތަމައީ: ޢައިބުކިޔުމާއި އިންޛާރުކުރުމުގައި އަންނަނިވިކަންކަމަށް ސަމާލުވުން:

1- ޢިލްމުވެރިންނާއި ކިޔަވާކުދިންނަށް ޖަރަޙަ ކުރުމުގައި (ޢައިބުކިޔުމުގައި) މަޝްޣޫލުވެފައިވާ މީހުން މާތް ﷲ އަށް ބިރުވެތިވެ އެކަންކަމުން ރައްކާތެރިވެ، އަނެކުންގެ ޢައިބުކިޔުމުގެ ބަދަލުގައި ތިމާގެ ޢައިބުތަކުން ސަލާމަތްވުމަށްޓަކައި ތިމާގެ ޢައިބުތައް ހޯދުމުގައި މަޝްޣޫލުވުމެވެ. މިގޮތުން އޭނާކޮށްފައިވާ ހެޔޮޢަމަލުތައް އޭނާގެފަރާތުން ޢައިބުބަސްތައް ރައްދުވާ މީހުންނަށް (ޤިޔާމަތް ދުވަހުން) ބަހަންޖެހި އެޢަމަލުތައް ގެއްލިދިޔަނުދީ އެޢަމަލުތަކަށް ރައްކާތެރިވުމެވެ. އެހެނީ މުދަލަކުން ދަރިއަކުން ފައިދާއެއްނުކުރާނެ ދުވަހު، ސަލާމަތް ހިތަކައިގެން އައިމީހަކަށް މެނުވީ ސަލާމަތެއްނެތްދުވަހު އެ ހެޔޮ ޢަމަލުތަކަށް އަނެކުންނަށްވުރެ ބޮޑަށް ޙާޖަތްތެރިވާނެ މީހަކީ އޭނާއެވެ.


2- މީހުންނަށް ޢައިބުކިޔުމާއި މީހުންގެކިބައިންމީހުން ދުރުކުރުކުރުމަށް މީހުން ސަމާލުކުރުމުގައި މަޝްޣޫލުވުމުގެ ބަދަލުގައި ފައިދާކުރަނިވި ޢިލްމު ހޯދުމުގައި ގަދައަޅާ މަސައްކަތްކޮށް ޢިލްމުއުނގެނި އެޢިލްމުން ތިމާއާއި އަނެކުންނަށް ފައިދާކުރުމެވެ. ފަހެ ޢިލްމު ހޯދުމުގައި މަޝްޣޫލުވުމާއި ކުޅަދާނަކަންލިބުނު މިންވަރަކުން ފޮތްލިޔުމާއި ދަޢުވަތުގައި މަސައްކަތްކުރުމާއި ކިޔަވައިދިނުމަކީ އިންސާނާއަށް ފައިދާކުރާނެ ކަންކަމެވެ. އެއީ އޭނާއީ މުޖުތަމަޢު ރޫޅުމުގެ ބަދަލުގައި މުޖުތަމަޢު ބިނާކުރާމީހަކަށް ވުމަށްޓަކައެވެ. އެއްވެސްހާލެއްގައި އަހުލުއްސުންނަތުގެ ޢިލްމުވެރިންނާއި ޢިލްމު އުނގެނޭ ކުދިންގެ ޢައިބުކިޔުމާއި އެބެފުޅުންގެ ފަރާތުން މީސްތަކުންނަށް ފައިދާ ލިބެންހުރިމަގު ބަންދުކުރާ މީހަކަށް ތިބާވެގެން ނުވާނެއެވެ. އެއިރުން ތިބާވާނީ މުޖުތަމަޢު ރޫޅާ ހަލާކުކުރާ މީހަކަށެވެ.

މިފަދަކަންކަމުގައި މަޝްޣޫލުވެ އަބަދުވެސް ކޮންމެވެސްމީހެއްގެ ޢައިބު ކިޔުމުގައި ވަގުތުތައް ހޭދަކުރާމީހާއަކީ އޭނާ މަރުވެގެންދާއިރު މީސްތަކުންނަށް ފައިދާކުރަނިވި ޢިލްމެއް ދޫކޮށްފައި ދާނެމީހެއްނޫނެވެ. އަދި މިފަދަ މީހަކު މަރުވިކަމުގައިވިޔަސް މުޖުތަމަޢަށް ފައިދާކުރި ޢިލްމުވެރިޔަކު ގެއްލުމުގެ އިޙްސާސެއް މުޖުތަމަޢުގެ މީހުންނަކަށް ނުކުރެވޭމެއެވެ. އަދި ކިއެއްތަ މީސްތަކުން އޭނާގެނުބައިކަމުން ސަލާމަތްވިކަމަށްޓަކައި މީސްތަކުން ކުރާނީ އުފަލެވެ.

3- ކިޔަވާކުދިން މީސްމީހުންނާއި ގުޅައިގެން މިވެނިމީހަކާއި ދޭތެރޭގައި ބުނަނީ ކީކޭތޯއާއި، އެވެނިމީހަކީ ކޮންކަހަލަ މީހެއްތޯއާއި މިވެނިމީހަކު އެވެނިމިހަކާއިބެހޭގޮތުން ބުނިބަހާއި ބެހޭގޮތުން ބުނަނީ ކީކޭތޯއަހައި ސުވާލުކުރުމުގައި މަޝްޣޫލުވުމުގެ ބަދަލުގައި އަހުލުއްސުންނުގެ ކިޔަވާކުދިން ހުރިހާތަނެއްގައިވެސް ޢިލްމުހޯދުމުގައި ވަގުތުހޭދަކޮށް الشيخ ابن باز އަދި الشيخ ابن عثيمين رحمهما الله ފަދަ އަހުލުއްސުންނަތުގެ ޢިލްމުވެރިން ލިޔުއްވާފައިވާ، ފޮތްތައްކިޔުމާއި ޢިލްމުވެރިންގެދަރުސްތައް އަޑުއެހުމުގައި މަޝްޣޫލުވާންވީއެވެ.


4- ޢިލްމު ހޯދަމުންދާ މީހަކާއިބެހޭގޮތުން، ކިޔަވާކުއްޖަކު އެމީހެއްގެގާތުން ޢިލްމާއި ފަތުވާ ނެގިދާނެތޯ ނުވަތަ ނޫންތޯ ސުވާލުކުރާނަމަ އެމީހަކާއިބެހޭގޮތުން  ސުވާލުކުރުމަށްޓަކައި ރުޖޫޢަވާންވީ (ސަޢުދީގެ) ފަތުވާ ކޮމިޓީއަށެވެ. ވަކިމީހަކާއިބެހޭގޮތުން ވަކިޚާއްޞަ ކަންތައްތަކެއް އެނގިފައިވާނަމަ އެކަން ބަޔާންކޮށް (އެބަހީ އަހްލުއްސުންނަތުގެ އުޞޫލާއީ ޚިލާފު ގޮތްތަކެއް) ސަޢުދީގެ ފަތުވާކޮމިޓީއަށް ލިޔެވިދާނެއެވެ. އެއިރުން އެކޮމިޓީއިން ބަލައި އެކަން ތަޙުޤީޤުކޮށް އެމީހަކާއިބެހޭގޮތުން ވަކިގޮތެއް ނިންމުމަށްޓަކައެވެ. މިގޮތުން އެއްވެސް މީހަކާއިމެދު ސަމާލުވެ އިންޛާރެއްނެރޭނަމަ އެފަދަ ނިންމުމެއް ނިންމަންޖެހޭނީ ފަތުވާނެރުމުގައި އިތުބާރުކުރެވޭ ރަސްމީފަރާތަކުންނެވެ. ޝައްކެއް ނެތެވެ. އެހެނީ ޢިލްމު ހޯދާނެ މީހުންނާއި ބެހޭގޮތުން ރުޖޫޢަވާން ޖެހޭނީވެސް ޢިލްމީ މައްސަލަތަކުގައި އެބައެއްގެ ފަތުވާއަށް ރުޖުޢަވާންޖެހޭ އިދާރާއަކަށެވެ. މިކަން މިގޮތަށް ކުރަންޖެހޭސަބަބަކީ އެއްވެސް މީހަކު އަމިއްލައަށް ތިމާއަކީމިފަދަ މުހިންމުކަންކަމުގައި ގޮތްނިންމާ ފަރާތަކަށް ނުހެދުމަށްޓަކައެވެ. އެހެނީ ތިމާއާއިނުބެހޭ ކަންކަން ދޫކޮށްލުމަކީ އެމީހެއްގެ އިސްލާމްކަމުގެ ރިވެތިކަމުގެ ތެރެއިންވާ ކަމެކެވެ.  


އަޞްލު ލިޔުއްވީ: އަލް ޢައްލާމާ ޢަބްދުލް މުޙްސިން އަލް ޢައްބާދު  حفظه الله  
ތަރުޖަމާ : އަޙްމަދު ސަމީރު ބިން އިބްރާހީމް ޙުސައިން
މައުލޫމާތު: ރާއްޖެއިސްލާމް.ކޮމް 

Thursday, May 26, 2011



الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ކަންކަމުގައި ޚިޔާލު ތަފާތު ވުމަކީ އިންސާނީ ޠަބީޢަތެކެވެ. އެކި އިންސާނުންގެ ޠަބީޢަތާއި ވިސްނުން ތަފާތެވެ. އެކި މީހުންނަށް ވިސްނެނީ އެކި މިންވަރަށެވެ. ދީނީ މައްސަލަ ތަކުގައި ދަންނަ ބޭކަލުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް އުފެދުމެއް މެދުވެރިވެފައިވާ ބައެއް ސަބަބުތައް ތިރީގައި މިވަނީއެވެ.
An incident once took place when a student of Knowledge was taking a walk with his teachers in one of the gardens of their Madrassah. During this walk, the student decided to address a problem he was facing and seek its remedy from his teacher. He began to tell his teacher, ‘I have a spiritual ailment; I am habitual of talking ill of others and mentioning matters about them behind their backs.’
The teacher carried on walking for a moment and then asked him, ‘do you have a mobile phone?’ The student answered affirmatively and took out his phone to show his teacher. The phone was one of the latest models..........

Monday, May 16, 2011

Story 1
1. An airplane takes off from Los Angeles, on the way to New York, where it is expected to arrive 5 hours later. However, after the first hour in the air, the captain makes an announcement: “Hello. This is your captain speaking. I’m afraid one of the four engines has broken down. We can still get to New York with three engines, but it will take us 7 hours. I apologize for the inconvenience.” After the second hour in the air, the captain makes another announcement: “This is your captain speaking. I’m afraid another engine has broken down. We can still get to New York with two engines, but it will take us 10 hours. I apologize for the inconvenience.” After the third hour in the air, the captain makes another announcement: “I’m afraid another engine has broken down. We can still get to New York with one engine, but it will take us 18 hours. I apologize for the inconvenience.” On board are two statisticians. One of them turns to the other and says “I hope the other engine doesn't break down, or we’ll be up here for ever!”